ޤައުމު ފަޚުރުވެރިކުރުވި ޓީމް ބަލައި "މޯލްޑިވިއަން" އިން ފުރައިފި

މޮރިޝަސްގައި ކުރިއަށްދިޔަ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަންމެޑަލް ހޯދައި ދިވެހި ޤައުމު ފަޚުރުވެރިކުރުވި ޓީމް ބަލައި ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން މޮރިޝަސް އަށް ފުރައިފިއެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީ ހޯދި ޓީމް ބަލައި އެ އެއާލައިންގެ ފްލައިޓެއް މޮރިޝަސްއަށް ފުރާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމް މި ފުރީ ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީ ހޯދި ޓީމް ބަލާ މޮރިޝަސްއަށް. އިންޝާﷲ ހަވީރު ތިބޭފުޅުންނާ ދިވެހި ޓީމް ބައްދަލުކުރާނެ." މޯލްޑިވިއަން އިން ވިދާޅުވިއެވެ.

ޤައުމު ފަޚުރުވެރިކުރި ޤައުމީ ޓީމަށް މާލެއިން މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ.

ޓީމަށް މަރުޚަބާ ދެންނެވުމަށްޓަކައި ކުދި ބޮޑު އެންމެހާ ރައްޔިތުން ޤައުމީ ކުލަތަކުގެ ހެދުމުގައި ވަޑައިގެންދެއްވުމަށް ޔޫތް މިނިސްޓްރީން ވަނީ އެންމެހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

10 ވަނަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ވަނީ އަމާޒުކުރި ގޮތަށް 15 މެޑަލް ހޯދައިފަ އެވެ. އެއީ ހަތަރު ރަން މެޑެއްޔާއި ހަތަރު ރިހި މެޑަލް އަދި އަށް ލޯ މެޑެއްޔެވެ.

2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އައިއޯއައިޖީ އޮންނާނީ ދިވެހިރާއްޖޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ