މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް

ދިވެހިރާއްޖޭގެ 54 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް އާންމުގެ ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މިއަހަރު މިނިވަން ދުވަސް ފަހަގަ ކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ސިފައިންގެ ހެވިކަމާއި މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑާއި، ފުޅަނދުބުރު ދުއްވުމާއި، މިއުޒިކް ޝޯތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ރޭ ވަނީ ފުޅަނދުބުރުގެ ހިތްގައިމު ޙަރަކާތް މާލޭގައި ކުރިޔަށް ގެންގޮސްފައެވެ. މި ހަރާކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން އިރު، ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ މި ހަރަކާތް ބެލުމަށް މާލޭގެ މަގުތަކަށް ނުކުމެފައެވެ. ފުޅަނދު ބުރަކީ ކުރީއްސުރެ ދިވެހީންގެ މެދުގައި ޚާއްސަ ސަމާލުކަމެއް ހޯދައިފައިވާ ކުޅިވަރެކެވެ. މިއަހަރުގެ ފުޅަނދު ބުރު މި ބޭއްވީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މީގެ އިތުރުން ފަންނާނުންގެ މިޔުޒިކީ އީދަށް ވެސް ވަނީ ގިނަ ބައެއްގެ ޝައުޤުވެރިކަން ހުއްޓިފައެވެ. ރޭ 8:30 އިން 12:00 އާއި ހަމައަށް އަލިމަސް ކާނިވާގައި ކުރިޔަށް ދިޔަ މި އިވެންޓުގައި ދިވެހި ގިނަ މިޔުޒިކީ ފަންނާނުންނާއި ބޭންޑުތަކުގެ އިތުރުން ބޮޑުބެރު ގްރޫޕްތައް ވަނީ ބައިވެރިވެފައެވެ. އެގޮތުން މީރާ، ހަބޭސް ބޮޑުބެރު ގްރޫޕް، ނިޝް، ބިދަބިން، ދަންމާނު ބޮޑުބެރު ގުރޫޕް، ގްރެވިޓީގެ އިތުރުން ޓަސް ވެސް ވަނީ ބައިވެރިވެފައެވެ. މި އިވެންޓް ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ކާނިވާ ސްޓޭޖް ސަރަހައްދަށް ގޮސްފައެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔަ ހަރާކަތްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ އިރު މި ރޭވެސް މާ ފޯރިއާއި ޝޯވއެއް 8:30 ކާނިވާ ސަރަހައްދުގައި ކުރިޔަށްދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ