ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

މިނިވަން ދުވަހާ ގުޅިގެން ޑިޕްލޮމެޓުންނަށް ބާއްވާ ޚާއްސަ ރިސެޕްޝަން ވަރޗުއަލްކޮށް!

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓުންނާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބާއްވަވާ ޚާއްސަ ވަރޗުއަލް ރިސެޕްޝަނެއް މާދަމާ ރޭ ބޭއްވުމަށް ހަމަަޖައްސައިފިއެވެ.

ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، މި ރިސެޕްޝަންގައި 100 އަށްވުރެ ގިނަ ޤައުމުތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ. އަދި މިއީ މިގޮތަށް ބޭރުގެ މިހާ ގިނަ އަދަދެއްގެ މަންދޫބުންނާއެކު ރާއްޖޭގެ ޚާރިޖިއްޔާއިން ބާއްވާ ފުރަތަމަ ބައްދަލުވުންކަމަށްވެސް އެމިނިސްޓްރީއިންވަނީ ވިދާޅުވިއެވެ.

އެމިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން ރާއްޖެ މިވަގުތު އޮތް ޙާލަތާއި، ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިންގެ ރައްކާތެރިކަމަށް ރާއްޖެގައި އެޅިފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ބޭރުގެ ސަފީރުންނާއި އެކި ޤައުމުތަކުގެ އޮފިޝަލުން ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

އަދި ހަމައެއާއެކު ރާއްޖޭގެ ޙާލަތާ ބެހޭ ގޮތުން ބޭރު ޤައުމުތަކުން ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމަށްވެސް މި ބައްދަލުވުމުގައި މަގުފަހި ވެގެންދާނެކަމަށް ފޮރިންގ މިނިސްޓްރީއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ