ވެމްކޯގެ ވެހިކަލްތަކެއް - ފޮޓޯ: ވެމްކޯ

ވިޔަފާރި އުޞޫލުން ކުނިއުކާލަދޭ ފަރާތްތަކުން ވެމްކޯއިން ނަގާ ގޭޓްފީ ބޮޑުކޮށްފި

ގޭބީސީތަކާއި، ވިޔަފާރިތައް އަދި މުއައްސަސާތަކުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ވިޔަފާރި އުޞޫލުން ފޯރުކޮށްދޭ ފަރާތްތަކުން ވެމްކޯއިން ނަގަމުން އައި ގޭޓްފީ ބޮޑުކޮށްފިއެވެ.

ވެމްކޯއިން މިއަދު ވިދާޅުވީ، ގޭބީސީތަކާއި ވިޔަފާރިތައް އަދި މުއައްސަސާތަކުގައި އުފެދޭ ކުނި ނެގުމުގެ ހިދުމަތް އަމިއްލަ ފަރުދުންނާއި، ޓެކްސީ ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުތަކުން ޤަވާއިދާ ޚިލާފަށް ފޯރުކޮށްދެމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިފަދަ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން މި ވަދެވެނީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވިޔަފާރި މަސްލަހަތަށް. އެފަދަ ފަރާތަކާއި މެދު، ކުރިޔަށް އޮތްތަނުގައި މި ކޯޕަރޭޝަންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަމުންދާނެ ވާހަކަ ދަންނަވަން." ވެމްކޯއިން ވިދާޅުވިއެވެ.

ވެމްކޯއިން ވިދާޅުވީ، ވިޔަފާރި އުޞޫލުން ގޭބީސީތަކާއި، ވިޔަފާރިތައް އަދި މުއައްސަސާތަކުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުގެ އަތުން މިހިނގާ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ގޭޓްފީގެ ގޮތުގައި ޓަނަކަށް ނަގާނީ ޖީއެސްޓީ ނުހިމަނާ 750ރ ކަމަށެވެ.

"ފީ ނެގުމަށް ހަމަޖެހިފައިވަނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ކުނި އުފުލައިގެން ގެންނަ އުޅަނދުގެ ބަރުދަނަށް (ޓަނޭޖަށް) ބަލައި ނަގުދު ފައިސާއިން. ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއިން ހިދުމަތް ހޯއްދަވާ ކޮންމެ ފަހަރަކު، މި ފީ ނަގަމުންގެންދާނެ ވާހަކަ އެފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަން." ވެމްކޯއިން ވިދާޅުވިއެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފަ އިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ކޯޕަރޭޝަނުން ކުރަމުންދާ ބުރަ މަސައްކަތްތައް އެއްބާރުލުން ދިނުމުގެ ގޮތުން، ހުރިހާ ފަރާތްތަކުން ވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ ކުނި ނެގުމާއި ކުކާލަދިނުމުގެ ހިދުމަތްތައް ބޭނުންކުރުމަށް ވެމްކޯއިން އިލްތިމާސްކުރައްވައެވެ.

ވެމްކޯއަކީ މާލެ ސަރަހައްދުގައި ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނިކޮށް، އެ މައްސަލައަށް އެކަށީގެންވާ ބޮޑު އިންޤިލާބީ ބަދަލެއް ގެނައި ސަރުކާރުގެ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. BB

    Bodu bajiyalekey. Kihaa bodu vehjje kameh.. dhen kuni ukan vihyaa pickup adhi lorry ah kuriah vure bodu agu dheyn vee. Buney thimannamen gengos dheye. Godhadi ey ukan bunegen nan note kohgen mihaaru mas dhuvas vee. . Mivarun kihineh mi meehun lahvaa mikan kurany. Laari nukevigen moyavany

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ