ވައިކަރަދޫ ދާއިރާއަށް އަދާލަތުން ވާދަކުރާ ޘަޤީފް އަދި ޝެއިޚް އިމްރާން - ފޮޓޯ: އޭޕީ

އަދާލަތުން ނެރޭ ކޮންމެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއް – ހޯމް މިނިސްޓަރ

ރައްޔިތުން މަޖިލީހަށް އަދާލަތު ޕާޓީން ނެރޭ ކޮންމެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއްކަމަށް އެ ޕާޓީގެ ލީޑަރު، ހޯމް މިނިސްޓަރު ޝެއިހް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސެއިން ޘަގީފް އިހްސާންގެ ކެމްޕެއިން އިފްތިތާހްކޮށްދެއްވާ ރޭ ވާހަކަފުޅު ދައްކަވަމުން، ޝެއިހް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން މަޖިލީހަށް ނެރޭ ކޮންމެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއް ކަމަށާއި އެހެންވުމުން އެ ޕާޓީގެ ފަރާތުން އިންތިހާބު ކާމިޔާބުކުރައްވައި ކޮންމެ ކެނޑިޑޭޓަކީ އެއީ ސަރުކާރުގެ ކެނޑިޑޭޓެއް ކަމަށެވެ.

ޝެއިޚް އިމްރާމް ވިދާޅުވީ، ކަން މިހެން ހުރުމާއެކު، ވައިކަރަދޫއަށް ދާއިރާއަށް އަދާލަތުން ނެރުނު ޘަގީފަކީ ސަރުކާރުގެ ކެނޑިޑޭޓެއް ކަމަށާއި މި ހަގީގަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާމަވެގެންދާނެކަމަށް ޝެއިހް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ފަރާތުން މި ދާއިރާއަށް ނެރޭ ކެންޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއް. ކޯލިޝަންގެ ކެނޑިޑޭޓެއް. އަދާލަތު ޕާޓީން މިފަހަރު ކާމިޔާބުކުރެވޭ ކޮންމެ ކެނޑިޑޭޓަކީ އެއީ ސަރުކާރުގެ ކެނޑިޑޭޓެއް." ވައިކަރަދޫގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީއަށް ބޮޑު ތާއިދެއް އޮންނަ ވައިކަރަދޫގައި ވާހަކަ ދައްކަބަމުން އިމްރާން ވިދާޅުވީ އެހެންވުމުން އަދާލަތު ޕާޓީން މަޖިލީހަށް ހޮވޭ ކޮންމެ މެމްބަރަކީ ސަރުކާރުގެ މެމްބަރެއްކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ ހިތުން ކޯލިޝަންގެ އެއްވެސް ބައިވެރިޔަކު ޝައްކު ނުކުރާނެކަމަށެވެ.

"އަދާލަތު ޕާޓީގެ ކޮންމެ ކެނޑިޑޭޓަކަށް ދެވޭ ކޮންމެ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް، ސަރުކާރު ސާބިތުކުރުމަށް ދެވޭ ވޯޓެއް، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ދެވޭ ވޯޓެއް." އިމްރާން ވިދާޅުވި އެވެ.

މި ޚާއްޞަ ޖަލްސާގައި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އިތުރަށް ވިދާޅުވީ، އަދާލަތު ޕާޓީ އޮތީ ސަރުކާރާ އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއެކު ކަމަށާއި، ޝަގީފް ގޮވައިގެން މިނުކުންނެވީ ހަމައެކަނި އަދާލަތު ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނޫން ކަމަށާއި، ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގަކަމަށެވެ.

"ސަތިރީސް" ނަމުގައި މަޖިލިސް އިންތިހާބަށް އަދާލަތު ޕާޓީން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ކެމްޕެއިން ހަރަކާތް ފަށާފައިވަނީ ބުރާސްފަތި ދުވަހު ރޭ ހދ. މަކުނުދޫ އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ