5ޖީ ތައާރަފްކޮށް ދިރާގު ތާރީހުގެ ތެރެއަށް

ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން މޯބައިލް އިންޓަނެޓް ކަނެކްޓިންގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ "5ޖީ" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ދިރާގުން ރޭ ރާއްޖެއަށް ތައާރަފްކުރި މި ޚިދުމަތާއެކު ރާއްޖެ ވެގެން ގޮސްފައި ވަނީ ދެކުނު އޭޝިއާ ބައްރުގައި 5ޖީގެ ހިދުމަތް ލިބެންފެށި ފުރަތަމަ ގައުމަށެވެ.

ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖެއަށް "ދިރާގު 5ޖީ" ތައާރަފްކޮށްދިނީ ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު އާއި ސީއީއޯ އިސްމާއިލް ރަޝީދުއެވެ.

މިރޭ ލޯންޗު ކުރެވިގެން ދިޔަ 5ޖީގެ ހިދުމަތް ލިބިގެންދާނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސަރަހައްދަށެވެ. އެގޮތުން 5ޖީ ގެ ހިދުމަތް ލިބޭނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކާއި، އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކާއި، ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ.

ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި ހުއާވޭ އާއި ގުޅިގެން ދިރާގުން 5ޖީ ދޫކޮށްފައި ވާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ޙިދުމަތް ލިބިގެން ދާނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ދިރާގުން ވިދާޅުވީ، މި ސަރަހައްދުތަކުގައި 5ޖީ ޑިވައިސް ގެންގުޅޭ ފަރާތްތަކަށް އެއްވެސް އިތުރު ޗާޖަކާ ނުލައި އަދި މިހާރު ގެންގުޅޭ ސިމް މެދުވެރިކޮށް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ