"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ނަމުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވަނީ

"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި ވޯކްޝޮޕަކީ މިނިސްޓްރީ އޮފް ހޯމްއާފެއާޒުން އިންތިޒާމް ކުރައްވައިގެން މީޑިއާތަކަށް އަމާޒުކޮށް ދިވެހި ތާރީޚާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޤައުމީ ކަންކަމުގައި ނޫސްވެރިންގެ މައުލޫމާތު މުއްސަނދިކޮށް، ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ނޫސްވެރިންގެ ދައުރު ފުޅާކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ސެޝަންތައް ނަންގަވާދެއްވުމަށް ހަމަޖެހިފައިވަނީ ކަމުގެ ޢިލްމު ލިބިވަޑައިގެންތިއްބެވި ބޭފުޅުންކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. މިވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 6، 7 ގައި މާލޭގައެވެ.

29 ޖުލައި 2019 ގައި ހޯމް މިނިސްޓްރީން ހުޅުވާލި މި ފުރުޞަތުގައި ބައިވެރިވެވޭނީ އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިޔާތަކުގައި މަސައްކަތްކުރައްވާ ނޫސްވެރިންނަށްކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ. ވޯކްޝޮޕްގަައި ބައިވެރިވުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2019 އޯގަސްޓް 22 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ