އަދީބު އދ ގެ ހިމާޔަތަށް އެދިއްޖެ

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ފުރާނައަށް ނުރައްކާވެފަ ވާތީ އދ ގެ ހިމާޔަތަށް އެދިއްޖެއެވެ.

“ވާގޯ 9 ” ނަމަކަށްކިޔާ ޓަގުބޯޓެއްގައި އިންޑިއާއަށް އެތެރެވަނިކޮށް އިންޑިއާ ސިފައިން މިއަދު ވަނީ އަދީބު ހައްޔަރުކޮށްފައެވެ. އަދީބު ފިލަން މަސައްކަތް ކޮށްފައިވަނީ 2019 ޖުލައި 31 ވަނަ ދުވަހުގެ 14:00 އަށް ތަޙުޤީޤަށް ފުލުހަށް ހާޟިރުވުމަށް އެންގިފައިވަނިކޮށެވެ. އަދި ސްޕްރީމް ކޯޓު މެދުވެރިކޮށް އަދީބު ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއްވެސްވަނީ ނެރެފައެވެ.

އިންޓަނޭޝަނަލް ޖަސްޓިސް ޗެމްބާސް އިން އަދީބުގެ ދިފާޢުގައި ނެރެފައިވާ މި ބަޔާނެއްގައި އިންޑިއާއިން ސިޔާސީ ހިމާޔަތް އަދީބަށް ދިނުމަށް ވަނީ ގޮވާލައިފައެވެ. އަދި އަދީބު މިއަދު އިންޑިއާ އަށް ވަޑައިގަތީ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެން ކަމަށްވެސް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އަދީބަށް ވަނީ ގުލަކޯމާ ކިޔާ ލޮލުގެ ފެނުމަށް އަސަރު ކުރާ ނުރައްކާތެރި ބައްޔަކަށް ބޭސްފަރުވާ ކުރެއްވުމަށް ޖޫން 14 ގައި އިންޑިއާއަށް ވަޑައިގަތުމަށްފަހު، ޖުލައި 6 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އަދީބުގެ ލައްވާ ގަދަ ކަމުން އެތައް ޑޮކިއުމަންޓުތަކެއްގައި ސޮއި ކޮށްފައިވާ ކަމަށާއި އަދި އިތުރު ޑޮކިއުމަންޓުތަކުގައ ސޮއި ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެޑޮކިއުމެންޓްގައިވާ ގޮތުން އޭނާގެ މައްޗަށް ސާބިތުނުވާ ކުއްތަކަށް ޒިންމާވާންޖެހޭ ފަދަ ޑޮކިއުމެންޓްތަކެކެވެ. އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ލިބޭނީ އެ ލިޔުންތަކުގައި ސޮއިކުރެއްވުމުންކަމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

އަދީބަށް ވަނީ ގުލަކޯމާ ކިޔާ ލޮލުގެ ފެނުމަށް އަސަރު ކުރާ ނުރައްކާތެރި ބައްޔަކަށް ބޭސްފަރުވާ ކުރެއްވުމަށް ޖޫން 14 ގައި އިންޑިއާއަށް ވަޑައިގަތުމަށްފަހު، ޖުލައި 6 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އަދީބަށް ރާއްޖެއިން އިންސާފު ލިބޭނެކަމުގެ އުއްމީދެއް ނެތުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިލެއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނާއި ގުޅިގެން އަދީބުގެ ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ މިހާރު އަދީބު އދ.ގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންފައިވާތީ އަދީބު ރާއްޖެ އަށް ފޮނުވުމަކީ އިންޑިއާ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ