އަދީބު ހުންނެވީ ޓަގް ބޯޓްގައި، އަދިވެސް ދަނީ ސުވާލުކުރެވެމުން

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރ އަޙްމަދު އަދީބް އަދިވެސް ހުރީ ޓަގް ބޯޑްގައި ހިފަހައްޓާފައިކަމަށް އިންޑިއާގެ ނޫހަކުން ވިދާޅުވެއްޖެއެވެ.

ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ހިފައިގެން ރާއްޖެއައި “ވާގޯ 9" ނަމަކަށްކިޔާ ޓަގުބޯޓެއްގައި ރާއްޖެއިން ބޭރަށްގޮސް ފިލަން އުޅެނިކޮށް އިއްޔެ އިންޑިއާ ސިފައިން ވަނީ އަދީބު ހައްޔަރުކޮށްފައެވެ. އަދީބު ހައްޔަރުކޮށްފައިވަނީ އެ ބޯޓް އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް މަޑުކުރުމުން އެ ބޯޓްގައި މަސައްކަތް ކުރާ އިންޑިއާ ފަޅުވެރިއެއް އަދީބު އެބޯޓްގައި ހުރިކަން ފަޅާ އަރުވާލުމުންނެވެ.

ދިގުމުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންއައި އަދީބު ވަނީ ދާދިފަހުން ޖަލު ބަންދުން މިނިވަންކޮށް ދޫކޮށްލައިފައެވެ. ނަމަވެސް ކޯޓް އަމުރެއްގެ ދަށުން އަދީބުގެ ޕާސްޕޯޓް ވަނީ ހިފަހެއްޓިފައެވެ. އަދީބު ފިލަން މަސައްކަތްކޮށްފައި މިވަނީ 2019 ޖުލައި 31 ވަނަ ދުވަހުގެ 14:00 އަށް ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަކަށް އެ އިދާރާއަށް ހާޟިރުވުމަށް އޭނާއަށް އެންގާފައިވަނިކޮށެވެ.

އިއްޔެ އިންޑިއާ ސިފައިން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ޤައުމުގެ ނޫހެއްކަމަށްވާ "އައިއޭއެންއެސް" އިން މިއަދު ބުނެފައިވަނީ އަދީބު އަދިވެސް ހުންނެވީ ޓަގް ބޯޓުގައި ހިފަހައްޓާފައި ކަމަށެވެ. އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހިފަހައްޓާފައިވާއިރު، ސެންޓްރަލް ގަވަރމަންޓް އޭޖެންސީން އަދިވެސް ދަނީ އަދީބާ ސުވާލުކުރަމުން ކަމުގައިވެސް އެ ނޫހުން ވަނީ ބުނެފައެވެ.

އަދީބު ފިލަން މަސައްކަތް ކުރި މައްސަލާގައި ފުލުހުން ވަނީ އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާއިމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ