ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް، އިންޑިއާއިން ހިމާޔަތްނުދީ އަނބުރާ ރާއްޖެއަށް ފުރުވާލާފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުން މިކަމާއި ގުޅޭގޮތުން ބުނެފައި ވަނީ، ކުރިޔަށް އޮތް ދެވަރަކަށް ދުވަހުގެ ތެރޭގައި އަދީބު ރާއްޖެއަށް ގެންނާނެ ކަމަށެވެ.
އަދީބު ރާއްޖެއަށް ފޮނުވާލުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާކަން ޔަޤީންކޮށް އަރުވަމުން އޮފިޝަލް ބުނެފައި ވަނީ، އަދީބު ރާއްޖެއަށް ފުރުވާލާފައިވަނީ އޭނާ އިންޑިއާއަށް އެތެރެވުމަށް މަސައްކަތް ކުރެއްވި ޓަގް ބޯޓުގައެވެ.
އަދީބުއާއި ދިވެހި ސަރުކާރުގެ އޮފިޝަލުންނާވެސް އެކު އެ ޓަގްބޯޓް ރާއްޖެއަށް ދަތުރުފެށީ ރޭގެ ވަގުތެއްގައި ކަމަށް އިންޑިއާ ނޫސްތަކުން ބުނާއިރު، ބައެއް މަސްދަތުތަކުން އަދީބް ޑީޕޯޓްކޮށްލި ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އަދީބު ޑީޕޯޓްކޮށްލިކަން ވަނީ ކަށަވަރު ނުކުރެވިފައެވެ.
އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސްއިން އިއްޔެ ބުނެފައި ވަނީ، އެޤައުމުން އަދީބު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ ނޫހުގައި ބުނެފައި ވަނީ އަދީބު އާއި އަދި ހައްޔަރުކުރި ކަމަށް ބުނާ އިތުރު ނުވަ މީހުން ތިބީ އެމީހުން އިންޑިއާއަށް އެތެރެވުމަށް ދަތުރުކުރި ޓަގު ބޯޓުގައި ކަމަށެވެ.
އަދީބް ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށެވެ. އަދި ފިލައިގެން ކަނޑުމަގުން ރާއްޖެ ދޫކޮށް އަދީބު ގޮސްފައިވަނީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ފިލައިގެން ދިޔަކަން އެނގުނީ އިންޑިއާގެ ނޫސްތަކުގައި އެ ޚަބަރު ޖެހުމުންނެވެ.
ދިވެހި ފުލުހުން ވިދާޅުވީ އެކުވެރި ޤައުމުތަކާއި ގުޅިގެން އަދީބް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އަދީބު ފިލުވުމުގައި ބައިވެރިވެ، އެހީތެރިވި މީހުންގެ މައްސަލަ ތަޙްޤީޤްކޮށް އެ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުވެސް ފުލުހުންވަނީ ދެއްވާފައެވެ.
އަދީބު ޤަވާއިދާއި ޚިލާފަށް އިންޑިއާއަށް އެތެރެވާން އުޅޭކަން ފަޅާއަރާފައިވަނީ ޓަގް ބޯޓުގައި ހުރި އިންޑިއާގެ ރައްޔިތެއްގެ ފަރާތުންކަމަށް އެޤައުމުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.





ހިޔާލު
Pis kihaahitaama Veri kaadhisaa eh
Amilla athun feyhi iloshi
Amilla lolah,