ހުޅުމާލެ ޓްރެކް - ފޮޓޯ: އެޗްޑީސީ

ގަލޮޅު ދަނޑު ބަންދުކޮށް, ފުޓްބޯޅަ ހުޅުމާލޭ ދުވާ ޓްރެކަށް

ރަސްމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އެތަން ބަންދުކޮށް ހުޅުމާލޭގައި އަލަށް ހެދި ޓްރެކުގައި ފުޓްބޯޅަ މުބާރާތްތައް ކުޅެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ބޭނުންކުރާރާ ގާތްގަނޑަކަށް 40 އަހަރުވީ ގަލޮޅު ރަސްމީ ސްޓޭޑިއަމްގެ ސިޑިބަރިތައް ބާވެ ބޭނުން ކުރެވޭ ހާލަތުގައި ނެތުމުން މިހާރު ވަނީ ވަގުތީ ގޮތުން ބައެއް ސިޑިބަރިތައް ބަންދުވެސް ކޮށްފައެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ، ރެނދުލައި ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ސިޑިބަރިިތައް އެކީ އެކަށް އެކަށް ބަދަލު ކޮށް މަރާމާތު ކުރުމަށްޓަކައި ކައިރި މުސްތަގުބަލެއްގައި ގަލޮޅު ދަނޑު ބަންދު ކުރުމަށެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ ދުވަސްވަރު ދިވެހި ޕްރިމިއާ ލީގާއި އެހެނިހެން މުބާރާތްތައް ވެސް ބާއްވާނީ ހުޅުމާލޭގައި އަލަށް ހުޅުވި ޓްރެކުގައި ކަމަށެވެ. އެހެންކަމުން ބޭރުގެ ކުންފުންޏަކާ ގުޅިގެން ދަނޑުގައި ވިނަ އިންދުމާއި ލައިޓިންގް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، ހުޅުމާލޭގައި އަލަށް ހެދި ޓްރެކަކީ އޮލިމްޕިކްސް ބޭނުމަށް ހެދި ޓްރެކެއް ނަމަވެސް އެތަނުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، މުޅި ތަން އޮތީ ހަލާކުވެފައި ކަމަށް އަދި އެތަނުގެ މިންތައް ދިމާ ނުވާ ކަމަށެވެ.

ޔޫތް މިނިސްޓްރީން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތާ އެތަން ބޭނުން ކުރާނީ އެތުލެޓިކްސް ބޭނުންތަކެއް ވުރެން ފުޓުބޯޅަ މުބާރާތްތައް ބޭއްވުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ