ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް - ފޮޓޯ: ރައީސް އޮފީސް

ދެ ޖިންސްގެ މެދުގައި, މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ގޮވާލައިފި

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ "ނޭޝަނަލް ޗެސް ޗެމްޕިއަންޝިޕް 2019" ގައި އެ އެސޯސިއޭޝަނުން އިނާމު ކަނޑައެޅިއިރު ދެ ޖިންސްގެ ދެމެދުގައި ގެންގުޅެފައިވާ ތަފާތު ކުރުމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

29 އޮގަސްޓް އިން 07 ސެޕްޓެމްބަރަށް ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި "ނޭޝަނަލް ވުމެން ޗެސް ޗެމްޕިއަންޝިލް 2019" އަށް ޖުމްލަ ކަނޑައެޅިފައިވާ ފައިސާގެ އިނާމުގެ އަދަދަކީ 15000 ރުފިޔާއެވެ. ނަމަވެސް ނޭޝަނަލް ޗެސް ޗެމްޕިއަންޝިޕް 2019 އަށް ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައެވެ.

އެ އެސޯސިއޭޝަނުން ގެންގުޅެފައިވާ ތަފާތުކުރުމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ "އަންނެހުންނާއި ފިރިހެނުންނަށް އިނާމު ކަނޑައެޅުމުގައި ބެހެއްޓި ހަމަހަމަކަން ފެނޭތޯ" ކަމަށާއި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންހެނުންގެ ހަމަހަމަ ކަމަށް އިސްކަން ދެއްވާތީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އެކަމަށް ހަޖޫޖަހާފައި ވާކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ވެސް ވަނީ ގޮވާލައިފައެވެ.

މިކަމާއި ގުޅިގެން ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެފައި ވަނީ މިކަމުގައި އެ އެސޯސިއޭޝަނާއި ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މި ތަފާތުކުރުން ނައްތާލައި ދެ ޖިންސްގެ ބޭފުޅުންނަށްވެސް އެއްވަރެއްގެ ފައިސާގެ އިނާމު ދެއްވާނެކަމަށް އެ އެސޯސިއޭޝަނުން ޔަޤީންކަން ދެއްވާފައިވާކަމަށެވެ. މަޙްލޫފު އިތުރަށް ވިދާޅުވެފައިވަނީ ކުޅިވަރުގައި ދެ ޖިންސްގެ ދެމެދުގައި ގެންގުޅޭ ތަފާތު ކުރުން ނައްތާލުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ