ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު

ޚާލިދު ބިން ވަލީދުން ފެށިގެން ނައިބު ރައީސް ކަމުން، ރެނދު އަޅަންދެން އެވަރުގެ ބަޠަލެއްނެތް

އަދީބަކީ އަޅުގަނޑު މެންނާއެކު ފުޓްބޯޅަ ކުޅެން އުޅުނު ހަމަ އާދައިގެ ސޮރެއްކަމަށާއި، ޚާލިދުބުންވަލީދުން ފެށިގެން ވަޒީރުކަމުން، ނައިބު ރައީސް ކަމުން، އެ ރެނދު އަޅަންދެން އެވަރުގެ ބަޠަލެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. "އަޅުގަނޑު މިދައްކަނީ އާމްދަނީ ހޯދަން ވައްކަން ކުރަން އުޅުނު ދެމަފިރިއެއް ގެންގުޅުނު އަޅު ކުއްޖެއްގެ ވާހަކަ" އަދީބުއަށް ނިސްބަތްކުރައްވާ ޒިޔާދު ވިދާޅުވިއެވެ. އެއީ އިއްޔެގަކަމަށާއި މިއަދު އެއީ މި ގައުމުގައި ކުރީގެ ނައިބުރައީސްކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. ޒިޔާދު ވިދާޅުވެފައި ވަނީ އެބޭފުޅާ ފިލައިގެން އެހާ ހިސާބަށް ދެވުނީމަ ކަންބޮޑުވާ ކަމަށާއި މިސަރުކާރާ ދޭތެރޭވެސް ކަންބޮޑުވާކަމަށެވެ.

ކުރީގެ ރައީސް ޔާމިނަށް އިޝާރާތް ކުރައްވައި ޒިޔާދު ވިދާޅުވެފައިވަނީ އެކަހަލަ ރައީސުން އެގޮތަށް ޕޯޑިއަމްތަކުގައި އަދިވެސް ވާހަކަ ދައްކާނެ ފުރުޞަތު ލިބޭކަމަށް ވަނީނަމަ މިކަހަލަ ކިތަންމެ އަދީބެއް އަދިވެސް މިދީބަށް އަންނާނެކަމަށެވެ. މި ދައްކަނީ އެބޭފުޅާ އެކަނި ޚިޔާނާތުން 1.3 ބިލިއަން ރުފިޔާނަގައި ދަޢުލަތެއްގެ ޚަޒާނާ ދޮވެލާ ހުސްކޮށްލައިގެން ދިޔަ އެންމެ ބޭފުޅެއް ވާހަކަ ކަމަށާއި، އެއީ އޭރު ގައުމުގެ ރައީސުލް ޖުލްހޫރިއްޔާ ވިދާޅުވި ބޭފުޅެއް ކަމަށެވެ. ޒިޔާދު ވިދާޅުވެފައި ވަނީ އަދީބުން ހުއްޓުވަނީ ވަނީނަމަ ފުރަތަމަ މިކަމަށް ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވެފައިވަނީ މި ޤައުމުގަ މިނޫނަސް ބަލަން ޖެހޭ ބައިވަރު މައްސަލަ އެބަހުރި ކަމަށާއި އެގޮތުން ހުޅުމާލޭގައި ރެޑްވޭވް ފިހާރައެއް ހަމަދަން އެތަން ބިޑް ކުރި އިރު ބިޑް ކުރިގޮތް ހުރިހާ އެންމެ ދަންނާނެކަމަށެވެ. އަދި އެތާހުރި ރެސްޓޯރެންޓެއް ހުއްދަ ނުލިބިގެން އެތާގެ ވެރިމީހާ އުޅުއްވިގޮތް އަޅުގަނޑުމެން އެންމެން ވަރަށް ފަރިތަކޮށް ދަންނާނެކަމަށާއި އޭގެ އާޚިރު ނަތީޖާއަކަށް ވީ ރެޑްވޭވް މޯލް އޭކިޔާ ފަސްހާސް އަކަފޫޓްގެ ބޮޑުސިންގާ ބިލްޑިންގއެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވަނީ މި މައްސަލަ މެންބަރުންގެ ސަމާލުކަމަށް ގެނެސްފައެވެ. މިކަންތައްވީ ގޮތް އަދިވެސް ނޭނގޭކަމަށާއި ރެޑްވޭވްގެ ކަންތައް ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބޭފުޅަކު ބަލާލަދޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ