އަނިޔާގެ ނިޝާންތަކާ އެކު، މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލީން ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ގއ.ވިލިނގިލީ އުތުރު ކޮޅުގައި ހުރި އޮޑި ހަރުގެއެއް ތެރެއިން 39 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، އެ މީހާ މަރުވެފައޮ އޮއްވާ ފެނުނު ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ނޫން ނަމަވެސް މީހުން ގޮސްއުޅޭ ސަރަހައްދެއް ކަމަށެވެ.
ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ހެނދުނު 07:15 ހާއިރު މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ. އިތުރު ތަފްސީލު ނުދެއްވައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑުގެ ބޭރު ފުށުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރިއިރު، ކަރުގައި ހިފާފައިވާކަމުގެ ނިޝާންތަކާއި، ފައި ބަނދެފައިވާ ކަމުގެ ނިޝާންތައްވެސް އޭނާގެ ހަށިގަންޑުން ފެންނަ އެބަހުއްޓެވެ.
މި މައްސަލަ އިތުރަށް ތަހްޤީޤު ކުރުމަށްޓަކައި އެމީހާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ ހަރަކާތެރިވަމުންނެވެ.
ހިޔާލު
Mee sharu.ee dhaairaa dhoa halhi kamu 0tolletance ga vaathee fuluhun vanee mikamah nukulgedhida anheneh gaa texi jessi driver hayyaru kurumah ves coatun vanee amuru nudheefa gaanoon nunaa gothun coatu amrakaa nulaa kithanme bodukusheh kyri kamugavias emeehaku hayyaru kurumuge baaru fuluhunnakah noavey ehen veemaa fuluhunge maabodu beynumeh neiy emaahdhaa baathil koh fuluhunna baaru dheegen noonee mibaavathuge kankan huttuvumakee undhagoo kameh egaanoonakee maumoon ge dharinnaa aailaa himaayaiy kuran battan koffa oiy gaanooneh
Letin in liyan neyngenyaa dhivehin liyebala
Kiyaalan faseyha vaaane dhw
ޢަޅޭ އުމުޜު އެނގިފަ ނަމެއް ޢަދި ކޮން ޤައުމެއްގެ މީޙެއް ކަން ލިޔުންތެރިޔާ އަކަށް ނޭގުނުދޯ. ސާބަސް ލިޔުންތެރިޔާ އަށް
ކޮމެންޓް ކުރުން ބަންދު