އުތީމު ގަނޑުވަރު - ފޮޓޯ: އެޓޯލް ސެއިލަރު

އީދު ބަންދުގައި އުތީމު ގަނޑުވަރާއި ދާރުލްއާސާރުތައް ހުޅުވަން ނިންމައިފި

އީދު ބަންދުގައި އުތީމު ގަނޑުވަރާއި ދާރުލްއާސާރުތައް ހުޅުވާފައި ބަހައްޓަން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، 1440 ވަނަ އަހަރުގެ އަޟްޙާ ޢީދު ބަންދުގެ ތެރޭގައި ޤައުމީ ދާރުލްއާސާރާއި، އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ، ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަސް ފިޔަވައި އީދު ބަންދުގެ އެހެނިހެން ދުވަސްތަކުގައި އެތަންތަން ހުޅުވާނެ ކަމަށެވެ.

"މިދުވަސްތަކުގައި އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ހެނދުނު 08:15 އިން 13:30 އަށް. އަދި ޤައުމީ ދާރުލްއާސާރު 10:15 އިން މެންދުރުފަހު 15:30 އަށް ހުޅުވިފައި ހުންނާނެ. ޑިޕާޓްމެންޓް އޮފް ހެރިޓޭޖް އިން ވިދާޅުވިއެވެ.

އެމިނިސްޓްރީން އިތުރަށް ވިދާޅުވީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހުކުރު ދުވަހެއް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 08:15 އިން މެންދުރުފަހު 13:30 އަށް އުތީމު ގަނޑުވަރާއި، ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އަދި ޤައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް