މާލޭ މަގުމަތި - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޓެކްސީ ޑްރައިވަރުންނަށް ލުޔެއް ދީފި

މާލޭ ސަރަހައްދު ތަކުގައި ބޭނުން ކުރަމުންދާ ހުރިހާ ޓެކްސީތައް މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް މަޖުބޫރު ކުރި ކުރުން ނިމުމަކަށް ގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، އެކެއް އޮގަސްޓް އިން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއް އެ އޮތޯރިޓީން ހުއްދަދީފައިވާ އެޕްލިކޭޝަން ބޭނުންކުރުމަށް ކަނޑައަޅާފައިއޮތް އޮތުން ބާތިލް ކޮށްފައިވާކަމަށެވެ.

އަދި އެކެއް އޮގަސްޓް އިން ފެށިގެން މި އޮތޯރިޓީގައި އަލަށް ރަޖިސްޓަރީ ކުރާ ޓެކްސީތަކަކީ ހުއްދަ ދީފައިވާ އެޕްލިކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ޓެކްސީތައް ކަމުގައި ވާންޖެހޭނެކަމަށް ޓަރާންސްޕީޓް މިނިސްޓްރީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިކަން މިގޮތަށް ކަނޑައެޅި ކީއްވެގެން ކަމެއް ހާމަކޮށްފައިނުވާއިރު، ބައެއް ޓެކްސީ ސެންޓަރުތަކުން އެ އެޕްލިކޭޝަންއަށް ވަންނަން ބޭނުން ނުވާ ކަމަށް ބުނެ ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ވަނީ ސިޓީއެއް ހުށަހަޅާފައެވެ.

މި ސިޓީގައި ވަނީ، އެ އެސޯސިއޭޝަނުން އެއްވެސް ސެންޓަރަކުން ހުއްދަދީފައިވާ އެއްވެސް އެޕްލިކޭޝަންއަކަށް ނުވަނުމަށް ވަނީ ނިންމާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ