އިންސާނާގެ ނަފްސާއި ފުރާނައަކީ އިންސާނާގެ އަމިއްލަ މިލްކެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ދަން ނުޖެހުމަށް ނަސޭހަތް ދެއްވައި ކުރެއްވި ޓްވީޓެއްގައި ޢަލީ ޒައިދު ވިދާޅުވީ، އިންސާނާގެ ފުރާނައަކީ "އަމާނާތެއް" ކަމަށެވެ.
"ކިތަންމެ ބޮޑު މުސީބާތެއް ޖެހުނަސް ކެތްތެރިވެލައްވާ! ﷲ ތަޢާލާ ހާލަތު ބަދަލު ކުރައްވާނެ. ޔަޤީން!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.
Subhaanallahi! Dhan jehigen anehkka ves meehaku maruvi khabaru mi libunee. Ehen nahahdhavaa! Kithanme bodu museebaatheh jehunas kehtherive lahvaa! Adhi dua kurahvaa! Allah tha'aalaa haalath badhal kurahvaane. yageen! Nafsaa furaana akee thimaage milkeh noon! Eiy amaanaatheh!
— Ali Zaid (@alizaid1000) February 16, 2019
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، އިއްޔެ ފުވައްމުލަކުގައި ދަންޖެހިގެން މީހަކު މަރުވެފައިވެއެވެ.
ރާއްޖޭގައި އަމިއްލައަށް ދަންޖެހިގެން މަރުވާ ނިސްބަތް ވޭތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.



