ފޮޓޯ : ޕީއެސްއެމް

ޓެކްސީ ޑްރައިވަރުން މާދަމާ އިހުތިޖާޖެއް ނުކުރާނެ

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނަ ބަދަލުތަކާއި ގުޅިގެން ޓެކްސީ ޑުރައިވަރުން މާދަމާ މުޒާހަރާކުރުމަށް ނިންމައިފައި ނުވާކަމަށް ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަބްދުﷲ އިބްރާހިމް އާއި ހަވާލާދީ ސަން އޮންލައިން ބުނެފައިވަނީ، ޑްރައިވަރުން އިހުތިޖާޖަކަށް ދާން ނިންމާފައި ނުވާ ކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.

ޑްރައިވަރުން އިހްތިޖާޖު ނުކުރުމަށް ނިންމައިފައި މިވަނީ މިފަދަ އިހުތިޖާދެއް ޑްރައިވަރުން ކޮށްފިނަމަ އަމިއްލަ ކާރު ގެންގުޅޭ ފަރާތްތަކުން ޓެކްސީ ދަތުރުތައް ކޮށްދޭނެކަމަށް މީސްމީޑިއާގައި ހާމަކުރަމުން ދަނިކޮށެވެ.

ޑްރައިވަރުންގެ ފަރާތުން މިއަދުވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގުތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ.

އެއޮތޯރިޓީއިން ބުނެފައިވަނީ ޑުރައިވަރުން އިހުތިޖާޖު ކުރިނަމަވެސް އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ