އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެ އެވެ.

ސުޝްމާ ސްވަރާޖް އަވަހާރަވެފައިވަނީ މިއަދު ޖެހިވަޑައިގެން ހާޓް އެޓޭކަކަށް ފަރުވާ ހޯއްދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައި ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް ގައެވެ.

އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 67 އަހަރުފުޅެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލހަށް ހަތް ފަހަރު އިންތިހާބުވިވެ ވަޑައިގެންފައިވާ ސުޝްމާ ސްވަރާޖް ފާހަގަ ކޮށްލެވެނީ ރައްޔިތުންނާއި ނުހަނު ގާތުން ހިދުމަތް ދިއްވާ ގާބިލު ސިޔާސީ ސަހުސިއްޔަތެއްގެ ގޮތުގައެވެ.

ސުޝްމާ ސްވަރާޖް ވަނީ 2016 ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއްވެސް ކުރައްވައިފައެވެ. އަދި މި އަހަރު އިންޑިއާގައި ކުރިއަށް ދިޔަ ލޮކް ސަބާ އިންތިހާބުގައި، ސިއްހީ ހާލު ތަން ނުދޭތީ ސުޝްމާ ކުރިމަތިނުލައްވައެވެ.

ސުޝްމާ ސްވަރާޖް އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ އާންމު ރައްޔިތުންނާއި އަދި ސިޔާސީ ފަރާތްތަކުންދަނީ އެހިތާމައިގައި ބައިވެރިވާކަން ހާމަކޮށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ސުޝްމާ ސްވަރާޖް އަކީ އިންދިރާ ގާންދީ އަށް ފަހު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ