ދިގުފަރަށް ފުރާވަޑައިގަންނަވަނީ - ފޮޓޯ: ނަޝީދު

ކްލައިމެޓް ވޯކްޝޮޕެއްގައި ބައިވެރިވުމަށް ރައީސް ނަޝީދު ދިގުފަރަށް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕުގައި ބައިވެރިވެވަޑައިގަތުމަށް ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގެންފިއެވެ.

ކްލައިމެޓް ޑިޕްލޮމެސީ ވޯކްޝޮޕުގައި ބައިވެރިވަޑައިގަތުމަށް އެމްޑީޕީ ލީޑަރޝިޕްގެ ބައެއް އިސްވެރިންނާއެކު ދިގުފަރަށް ވަޑައިގަންނަވަމުން ނަގާފައިވާ ފޮޓާއެކު ނަޝީދު ޓޮވީޓް ކުރައްވާފައިވާއިރު، މި ވޯކްޝޮޕަކީ ކުދި ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުކާއި ދެކޮޅަށް ކުރެވިދާނެކަންތައްތަކާއި، އޭގެ ސަބަބުން ކުދި ގައުމުތަކަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވޯކްޝޮޕެކެވެ.

ދެ ދުވަހުގެ މުއްދަތަކަށް އަދި ތިން ސެޝަނަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބޭރުގެ ޔުނިވާސިޓީތަކުގެ ބޭފުޅުން ބައިވެރިވާއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މި ވޯކްޝޮޕްގައި ވާހަކަދައްކަވަން ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ