އަދީބުގެ ވަކީލު މީޑިއާއަށް މަޢުލޫމާތު ދެއްްވަނީ - ފޮޓޯ: ސުމްބާ

ގޯހެއް ހެދިފަައިވާކަަށް ބުނެ އަދީބު މައްސަލައިގައި ދައުލަތުން ސުޕްރީމްކޯޓަށް ސިޓީއެއް!

އަދީބު ހައްޔަރުކުރުމަށް އެދުމުގަ ގޯހެއް ހެދިފަައިވާކަަށް ބުނެ ދައުލަތުން ސުޕްރީމްކޯޓަށް ސިޓީއެއް ފޮނުވާފަ ވާކަމަށް އަދީބުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ސުޕްރީމް ކޯޓު ކުރިމަތީގައި އަދީބުގެ ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން މީގެ ދެ ދުވަސް ކުރިން ސުޕްރީމް ކޯޓުގައި އެދުނީ އަދީބު ފިލައިގެން ދިޔަކަމަށް ބުނެ ކަމަށެވެ.

ނަމަވެސް، އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރަށް އެދުމުގައި "މިސްޓޭކެއް" ހެދިފައިވާކަމަށް ބުނެ ދައުލަތުނެ މިއަދު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމަށް އަދީބުގެ ވަކީލުން ވިދާޅުވިއެވެ.

ވަކީލުން ވިދާޅުވީ، ސިޓީގައި ދައުލަތުން އެދިފައިވަނީ އެ މިސްޓޭކް ރަނގަޅުކޮށް، ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބަކީ އަދީބު ފިލައިގެން ގޮސްދާނެކަމަށް ބެލެވޭތީ ކަމަށް ބަދަލުކުރަން ކަމަށެވެ.

އަދީބު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަންގާފައިވަނީ އެނާގެ ޕާސްޕޯޓު ސުޕްރީމް ކޯޓުން ހިފަހައްޓާފަވަނިކޮށް އޭނާ ފިލައިގެން ދިއުމުންނެވެ.

އަދީބު ޓަގު ބޯޓެއްގަ ފިލައިގެން ދަނިކޮށް އިންޑިއާގެ ތޫތުކުޅި ކައިރިން އިންޑިއާ ސިފައިން ހައްޔަރުކޮށް އެނާ ދިވެހި ފުލުހުންނާ ހަވާލުކުރުން ރާއްޖެ ގެނެސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ދައުލަތާއި، ފުލުހުންވެސް ކްރިމިނަލް ކޯޓުގައި އިއުތުރާފްވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް