ޝާހުރުކް ޚާން ގެ އަންހެން ދަރިފުޅު ޑޭޓް ކުރަން ބޭނުންވާ އެކްޓަރަކީ ކާކުކަން އިނގޭތަ؟

މަޝްހޫރު އެކްޓަރ ޝާހްރުކް ޚާން ގެ އަންހެން ދަރި ސުހާނާ ޚާން އަކީ އަބަދުވެސް މީޑިއާގެ ލޯތަށް އަމާޒުވަމުންދާ ފަރާތެކެވެ. ބައްޕަ އެކޭ އެއްގޮތަށް ސުހާނާ ވެސް ބޭނުން ވަނީ އެކްޓިންގެ ދާއިރާއިން ކުރިއަށްދާން ކަމަށް މީޑިއާ ތަކުން ބުނެއެވެ.

މިފަހަރު މީޑިއާ ގައި އެންމެ ފޯރީގައި ދެކެވެމުން ދަނީ ސުހާނާ ޚާން އިންސްޓަގްރާމްގައި ފޭނަކަށް ދީފައިވާ ޖަވާބެއްގެ ވާހަކައެވެ. އެގޮތުން އިންސްޓަގްރާމްގެ "އާސްކް މީ" އެކްޓިވިޓީ ގައި ފޭނަކު ކޮއްފައިވާ ސުވާލަކީ އެކްޓަރަކާއި ޑޭޓް ކުރަން ބޭނުން ނަމަ ކުރާނީ ކާކާތޯއެވެ. މި ސުވާލުގެ ޖަވާބަކަށް ސުހާނާ ވަނީ ސައުތް ކޮރެއާގެ މަޝްހޫރު ފިލްމީ ތަރި ކިމް ޖުން މިއޯން (ސުހޯ) ގެ ފޮޓޯ އެއް ކެޕްޝަންއެއްގެ ގޮތުގައި "ހިމް" ޖަހާފައި ޕޯސްޓް ކޮއްފައެވެ.

އުމުރުން 27 އަހަރުގެ ކިމް ޖުން މިއޯން އަކީ އެކްޓް ކުރުމާއި ލަވަ ކިޔުމުގެ އިތުރުން މޮޑެލް ވެސް ކުރާ މަޝްހޫރު ސްޓާރެކެވެ.  

ދިވެހި ގިނަ އަންހެން ކުދިންނަކީ ކޮރެއާގެ މަޝްހޫރު ސްޓާރުންނަށާއި ސީރީސް ތަކަށާއި ލަވަތަކަށް ދީވާނާ ވެފައިވާ ބައެކެވެ. އެހެން ކަމުން ކިމް ޖުން ލިއޯން ވެސް ވާނީ ސުހާނާ ޚާން ގެ އިތުރުން ދިވެހި ގިނަ އަންހެން ކުދިންގެ ހިތްތަށް އަތުލައިފައިކަން ޔަގީނެވެ.  

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް