ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުންދާ ދިވެހި އެއާލައިން "ފްލައިމީ" އިން މިއަހަރުގެ އަޟްޙާ ޢިދު ތަފާތު ގޮތަކަށް ފާހަގަކުރަން ނިންމައިފިއެވެ.
މާދަމާ ފާހަގަކުރާ ޢަޟްޙާ ޢީދާ ދިމާކޮށް ދިވެހިން އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގައި ހޭބޯނާރައި އުޅޭއިރު، ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށް ފްލައިމީ އިން ސަޕްރައިޒެއް ދިނުމަށް ވަނީ ތައްޔާރުވެފައެވެ.
ފްލައިމީގެ އޮފިޝަލަކު ވިދާޅުވީ، މާދަމާ އެ އެއާލައިން ދަތުރުކުރާ ފަރާތްތަކާއެކު ޢީދު ފާހަގަކުރުމަށް އެއާލައިން ތައްޔާރުވެފައިވާ ކަމަށާއި، އެ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ސަޕްރައިޒްތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން މި ޚަރަކާތް މާދަމާ ހެނދުނު ފަށާ އެންމެ ފުރަތަމަ ފްލައިޓުން ފެށިގެން އެންމެ ްލަސް ފްލައިޓާ ހަމައަށްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފްލައިމީއިން ޑޮމެސްޓިކް ދަތުރުތައް ފެށިތާ ހަތް އަހަރު ވެފައިވާއިރު، އެ އެއާލައިން ފާހަގަކުރެވެނީ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދޭ އެއާލައިނެއްގެ ގޮތުގައެވެ.