އަޟްހާ އީދަކީ މުސްލިމުންނަށް އަންނަ ވަރަށް ހާއްސަ ދުވަހެކެވެ. މިގޮތުން މިދުވަހު ކުރެވޭ އެންމެ ހާއްސަ އެއް ކަމަކީ އުޟްހިޔާ ކަތިލުމެވެ. މިކަމަށްޓަކައި ދުރާލާ ނައުމްސޫފީގެ ތެރެއިން ބާވަތެއް ތައްޔާރު ކުރެއެވެ. އާންމު ގޮތެއްގައި ބަކަރިއެކެވެ.
ރާއްޖޭގައި އާންމު ގޮތެއްގައި ބަކަރި ނުގެންގުޅުނު ނަމަވެސް މިފަހަކަށް އައިސް މިފަދަ ދީނީ މުނާސަބަތުތަކަށް ބޭނުން ކޮށްލާ މިންވަރަށް ބަކަރި ރާއްޖޭގެ ބަޔެއް ރައްރަށުގައި އަންނަނީ ގެންގުޅެމުންނެވެ.
އީދުގެ ތަހުނިޔާ އާއި މުބާރިކުބާދީ ރައްޓެހިންނަށް އަރިސްކުރުމަށް މިއަދު މީސްމީޑިއާއަށް ވަދެލިއިރު ފެނިގެން ދިއައީ ވަރަށް އާދަޔާ ހިލާފު ހެއްވާ މަޖާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ފެނިގެންދަނީ ބަކަރިއެއް މާލޭ މަޖީދީ މަގުމަތިން ދުވެފައިދާ މަންޒަރެވެ.
ދައުރުވަމުން އަންނަ ވީޑިއޯގައި ފެނިގެންދަނީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ބަކައްޓެއް ދުވަމުންދާ މަންޒަރެވެ. އެ ވަގުތު ގިނަ ބަޔަކު މަގުމަތީގައި ދުއްވާ އެއްޗެހީގައި ދަތުރުކުރަމުންދާއިރު ބަކަރި މި އެއްޗެހިންނެއްޓި ކުރިއަށް ދުވަމުން ދެއެވެ.
Kaaku bakatteh mee ?
Posted by Boahalaaku on Friday, July 31, 2020
މި ވީޑިއޯއަކީ ކޮންއިރަކު ކޮށްފައިވާ ވީޑިއޯއެއްކަން ސާފު ނުވިނަމަވެސް ބެލެވޭ ގޮތުގައި އެ ބަކަރި ދުވަމުން އެދަނީ އީދު ދުވަސްދެކެ ބިރުންނެވެ. އާދެ، ގުރުބާން ކޮށްލެވިދާނެ ކަމަށްޓަކައި ސަލާމަތް ހޯދުމުގެ ގޮތުންނެވެ.




