ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެއެވެ.
ހުޅުމާލޭގައި މިރޭ ހިނގި މި ހާދިސާގައި މަރުވީ 44 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއްވެފައިވާ ކަމަށާއި، ޒަހަމްވެގެން އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓަކުން މަސައްކަތް ކުރަމުންދަނިކޮށް އެ އިމާރާތުގެ ފަސްވަނަފަންގިފިލާއިން ގަލެއް ވެއްޓި ޖެހުމުން މީހަކު މަރުވިކަމުގެ ރިޕޯޓް މިރޭ 19:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ހުޅުމާލޭގެ މަސައްކަތު ސައިޓަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވިއިރު، ދާދި ފަހުން މާލޭގައި އިމާރާތްކުރަމުން ދިޔަ ތަނެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިވެސް މީހަކު މަރުވެފައިވެއެވެ.
ހިތާމަވެރި ގޮތަކަށް ބަންގްލަދޭޝްގެ ރައްޔިތަކު މަރުވިއިރު، ހުސްވ ހަފްތާގައި އެޤައުމުން ވަނީ ރާއްޖެއަށް މަސައްކަތު ނައުމަށްވެސް ގޮވާލައްވާފައެވެ.