އަލިފާން ރޯވެފައިވާ "ރަވާނާ" ބޯޓު ކައިރީ އެމްއެންޑީއެފް ހަރަކާތްތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ދޯންޏެއްގައި ރޯވެ، އެކަކު ނިޔާވެއްޖެ

16 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދިޔަ ދޯންޏެއްގައި ރޯވެ، އެކަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފ.ފިލިޔެތޮ ކައިރިން ދަތުރު ކުރަމުންދިޔަ "ރަވާނާ" ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް ރޭ ފަތިހު 04:45 ހާއިރު ލިބިފައިވާ ކަމަށާއި، އެ ރިޕޯޓާއި ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

"ރަވާނާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުގެ ބޮޑު ބައެއް ވަނީ އަޑީގައި، ބޯޓުގައި ތިބި 16 މީހުން އެހެން ދޯންޏަކަށް ނަގައިފި." އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެހެން ދޯންޏަކަށް ނެގި 16 މީހުން ސީއެންބިއުލަންސްގައި ދ.މީދޫއަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

ބޯޓު އޮތް ސަރަހައްދުގައި އެމްއެންޑީއެފްގެ އަލިފާން ނިއްވާ ޓީމު ހަރަކާތްތެރިވަމުންދާ ކަމަށާއި، ބޯޓުގެ ގެގަނޑު އަނދާފައިވާކަމަށް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވާ "ރަވާނާ" ބޯޓު ކައިރީ އެމްއެންޑީއެފް ހަރަކާތްތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ބޯޓުގައި އަލިފާން ރޯވުމުގެ ހާދިސާގައި ހާލު ސީރިއަސްވި މީހާ ފ.ނިލަންދޫއަށް ގެންގޮސްފައިވާ ކަމަށް އެމެއެންޑީއެފް އިން ވިދާޅުވިއެވެ.
ނިޔާވެފައިވަނީ ހާލު ސީރިއަސްވެގެން ފ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހާއެވެ.

އަލިފާން ރޯވެފައިވާ "ރަވާނާ" ބޯޓު ކައިރީ އެމްއެންޑީއެފް ހަރަކާތްތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ބޯޓުގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް