ޖަލަށް އެތެރެ ކުރަން އުޅުނު 21 ފޯނު އަތުލައިފި

ކ. މާފުށީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ސާމާނުތަކެއް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހިންގި އޮޕަރެޝަނެއްގައި ހޯދާފައިވަނީ 21 މޯބައިލް ފޯނާއި، 11 ފޯނު ޗާޖަރާއި، 6 ހެޑްސެޓެވެ.

ފުލުހުން މިތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 9 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު، މާފުށީ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރުންނާއެކު މާފުށި ޖަލު ހުޅަނގުފަރާތު ފެންސްކައިރި ބަލައިފާސްކުރިއިރު އެފެންސް ކައިރިންނެވެ. މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ