ޕާކިސްތާނުގެ 73 ވަނަ މިނިވަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޕާކިސްތާނުގެ 73 ވަނަ މިނިވަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ފަށާފައިވަނީ ރާއްޖޭގައި ހުންނަ އެޤައުމުގައި އެމްބަސީގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމް ވަނީ 14 އޯގަސްޓް 1947 ގައި އިނގިރޭސީންގެ އަތްދަށުން ޕާކިސްތާނަށް މިނިވަންކަން ލިބުނުގޮތުގެ މައްޗައް އަލިއަޅުއްވާލައިވައި މުސްލިމް ދައުލަތެއްގެ ގޮތުގައި އެޤައުމަށް މިނިވަންކަން ޤެނައުމަށް ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖަނާޙް އާއި އޭރުގެ ބަޠަލުން ވެވަޑައިގެންނެވި ޤުރުބާނީގެ ހަނދާން އައުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

ވަސީމް އަކްރަމްގެ ވާހަކަފުޅުގައި އެ ޤައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ކަޝްމީރުގެ އަޚުންނާއި އުޚުތުން ތަހަންމަލްކުރަމުންދާ އުނދަގޫތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ކަސްމީރާއެކު ޕާކިސްތާން ރައްޔިތުން އަބަދުވެސް ދެމެތިބޭނެކަމުގައި ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ދެއްވި ޚާއްސަ މެސެޖެއް ވަނީ އިއްވަވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކެއްވެސް ވަނީ ފަޅާފައެވެ. ޕާކިސްތާނުގެ މިނިވަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި މަސައްކަތްކުރާ ޕާކިސްތާނުގެ ބައެއް ރައްޔިތުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ