ޢީދު ކުލަޖެހުމުގެ ނަމުގައި އަންހެނަކާމެދު ބަދުއަހުލާޤީ ޢަމަލުހިންގި މައްސަލައެއް ފެންމަތިވެއްޖެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ތ.ވޭމަންޑޫގައި އިއްޔެ މެންދުރުފަހު 14:50 ހާއިރު ކަމަށެވެ.
"އިއްޔެ މެންދުރުފަހު 14:50 ހާއިރު ތ.ވޭމަންޑޫގައި އަޟްހާ ޢީދުގެ މުނާޞަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް 31 އަހަރުގެ ފިރިހެނެއް، 19 އަހަރުގެ އަންހެނަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށްބުނެ 19:50 ހާއިފު ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތު ރައްދުވި ސިފައިންގެ މީހަކީ ސިފައިންގެ ސާޖެންޓެއްގެ މަގާމުގައި ހުރި މީހެކެވެ.
މި މައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ހިޔާލު
Kula jahan nikume ulhey anhen kudhinge meymathee aithilaige Nishaan ves araafa innany kamei ve dhw ?
ކޮމެންޓް ކުރުން ބަންދު