ސައިކަލެއްގައި ދިޔަ އަންހެނެއް ގަޔަށް ފެންޖެހުމުން އެކްސިޑެންޓުވެ އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު ރ.މަޑުއްވަރީގައި ކަމަށާއި، ފުލުހުންނަށް ރިޕޯޓް ލިބިފައިވަނީ އިއްޔެ ހަވީރު 15:33 ހާއިރު ކަމަށެވެ.
"ރ.މަޑުއްވަރީގައި ސައިކަލެއްގައި ސައިކަލެއްގައި ދިޔަ 21 އަހަރުގެ އަންހެނެއްގެ ގަޔަށް ޕިކަޕެއްގައި ދިޔަ ބަޔަކު ފެންޖެހުމުން ސިއްސައިގެންގޮސް ސައިކަލުން ވެއްޓި، ސައިކަލް ދުއްވަން އިން އަންހެން މީހާއަށާއި، ފަހަތުގައި އިން 7 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފެންޖެހުމުން ސައިކަލުން ވެއްޓި އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވިއިރު، ކުލަ ޖެހުމުގެ ނަމުގައި 19 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.