ޅ.ހިންނަވަރުގައި ރޭ ކުރިއަށްދިޔަ ޢީދު ޝޯގެ ބެލުންތެރިންގެ މެދުގައި ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، ހިންނަވަރުގައި ކުރިއަށްދިޔަ ޢީދު ޝޯ ބަލަންތިބި މީހުންގެ ތެރެއިން ދެރަށެއްގެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާކަމުގެ މަޢުލޫމާތު ރޭ 00:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން އެސަރަހައްދަށް ގޮސް އެމީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުން ކޮންޓްރޯލްކޮށް އެމީހުން އެސަރަހައްދުން ފޮނުވާލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Hinnavaru gai oi emme fahu Eid show balan dhiya Naifaru meehun aa massala eh hoonu ve rey maraamaari hingaifi. pic.twitter.com/QRDPLTbfCX
— #MvCrisis ?? (@MvCrisis) August 15, 2019
އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ނައިފަރުން ޝޯ ބަލަން ދިޔަ ސަޕޯޓަރުންނާ ދެމެދުގައެވެ.