ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށް ފޯނު ހޯދައިފި

ޅ. ހިންނަވަރުގައި މީހަކު އަތުން ފޭރިގަނެގެން ދިޔަ ފޯނެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ކަމަށާއި ހިންނަވަރު މީހެއްގެ ފޯނު ފޭރިގަނެގެން ފިލައިގެން އުޅެނިކޮށް ހަމަ އެދުވަހުގެ 14:30 އެހާކަންހާއިރު ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެރަށު މަގުމަތިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ގެ މުއްދަތު ދީފައި ވެއެވެ.

މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ