ބަނގުލަދޭޝްގެ ވެރިރަށް ޑާކާގެ ފަގީރުން އުޅޭ ހިސާބުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15،000 ގެ އަނދާ ހުލިވެއްޖެ އެވެ.
ފަގީރުން ގިނަ އަދަދަކަށް ދިރިއުޅޭ ޑާކާގެ މި ސަރަހައްދުގައި ހިނގި އަލިފާނުގެ މި ހާދިސާގެ ސަބަބުން 50،000 ވުރެ ގިނަ މީހުންވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ގިނަ ގެތަކެއްގައި އަލިފާން ހިފަން މެދުވެރިވީ ގިނަ ގެތަކުގެ ފުރާޅު ޕުލާސްޓިކުން ހުރުމުން ކަމުގައެވެ.
މިހާދިސާ އާއި ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައި ނުވިނަމަވެސް ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު ގިނަ އަދަދެއްގެ މީހުން ގެތަކުގައި ނޫޅޭ ކަމަށް ވެއެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ބަންގްލަދޭޝްގެ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.
ބަންގުލަދޭޝް ސަރުކާރުން ބުނެފައިވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައި ވާކަމަށެވެ.



