ބަންގުލަދޭޝްގެ ރޭލެއްގައި އަލިފާން ރޯވެ ހަތަރުމީހުން މަރުވެއްޖެ

ބަންގުލަދޭޝްގައި ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ ރޭލެއްގައި އަލިފާން ރޯވެ ހަތުރުމީހުން މަރުވެއްޖެއެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ރޭލުގައި އަލިފާން ރޯވެފައިވަނީ ބަޔަކު ގަސްތުގައި ކުރިކަމަކުންނެވެ. އަދި މިއީ މާދަމާ އޮންނަ އިންތިހާބާ ދިމާކޮށް ހަމަނުޖެހުން ހިންގުމަށް ބަޔަކު ކުރިކަމެއް ކަމަށްވެސް ފުލުހުން ތުހުމަތު ކުރެއެވެ.

މާދަމާ އޮންނަ އިންތިހާބާއި ދިމާކޮށް މުޒާހަރާތައް ކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފައެވެ. އަދި މި އިންތިހާބުވަނީ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓުވެސް ކޮއްފައެވެ.

ފަޔާ ސާރވިސް އޮފިސަރ ރަޖިބުލް ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ރޭލުގައި އަލިފާން ރޯވެފައިވަނީ ބަންގުލަދޭޝްގަޑިން ނުވައެއް ޖެހިއިރު ކަމަށެވެ. ރޭލުގެ ތިން ކޯޗެއްގައި އަލިފާން ރޯވެފައިވާއިރު އަލިފާން ރޯވި ބެނަޕޯލް އެކްސްޕްރެސްގެ ރޭލަކީ ވެރިރަށް ޑާކާއަށް ދަތުރުކުރަމުންދިޔަ ރޭލެއް ކަމަށެވެ.

ރޭލުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ ދެގަޑިއިރު ފަހުންނެވެ. މިހާދިސާގައި މިހާތަނަށް ހަތަރުމީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކުވަނީ ޒަހަމް ވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ