އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ލޯގޯ - ފޮޓޯ: އޭސީސީ

ޚިޔާނާތުގެ ފައިސާ މެންބަރުންނަކަށް ނުލިބޭ - އޭސީސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައެއް މެމްބަރުންނާއި މެމްބަރުންގެ ޢާއިލީގޮތުން ގުޅުންހުރި ފަރާތްތަކަށް ލިބިފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

އޭސީސީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ކޮށްފައިވަނީ މިނިވަން ތަހުޤީގެއް ކަމަށާއި، މި ތަހުޤީގުކުރިއިރު މި ކޮމިޝަނުގެ އެއްވެސް މެންބަރަކަށް ނުވަތަ މެމްބަރެއްގެ އާއިލާއަށް އަދި މެމްބަރަކާއި ގުޅުންހުރި ފަރާތަކަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ތަހުޤީގަށް ލިބިފައިނުވާކަމަށެވެ.

އެފަދަ އެއްވެސް މަޢުލޫމާތެއް މިކޮމިޝަނާއި އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާ ކަމަށް އޭސީސީއިން ވިދާޅުވިއެވެ.

"އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އެފް) މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން ޚިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މަޢުލޫމާތު ކޮމިޝަނަށް ހިއްސާކުރެވިފައިވާނެކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން ފާހަގަކުރަން." އޭސީސީން ވިދާޅުވިއެވެ.

އޭސީސީން އިތުރަށް ވިދާޅުވީ، މި މައްސަލާގައި ތަޙުޤީޤު ޓީމުން ހޯދާފައިވާ މަޢުލޫމާތެއް ނުވަތަ ހޯދާފައިވާ ހެއްކަކަށް ކޮމިޝަނުގެ މެމްބަރުން އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާނެކަމަށާއި، މި ތަޙުޤީޤުގައި އެ ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޓަރުން ހިމެނޭގޮތަށް އެކި މަރުޙަލާތަކުގައި ޖުމުލަ 36 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ