އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ލޯގޯ - ފޮޓޯ: އޭސީސީ

ދެވަނަ ކުއާޓާގައި އޭސީސީ އަށް 259 މައްސަލަ

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް 259 މައްސަލަ ހުށަހަޅައިފިއެވެ.

އޭސީސީގައި ދެވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވުނު 259 މައްސަލައިގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، ތަޙްޤީޤު ކުރުމަށް ނިންމީ 251 މައްސަލައެވެ. 2018 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 110 މައްސަލައެވެ.

އޭސީސީއަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން އެކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންދާއިރު، މިއަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވެއެވެ.

އޭސީސީގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 44 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ނުބަލާ ދޫކޮށްލާފައިވަނީ 16 މައްސަލައެކެވެ.

އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 546 މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ