ދޮން ބައްޕައެއް 13 އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
އާއްމު ފަރާތަކުން މި މައްސަލައާއި ބެހޭގޮތުން ޓްވީޓްތަކެއް ކޮށްފައިވާއިރު، މި ފަރާތުން ބުނެފައިވަނީ، 13 އަހަރުގެ ކުއްޖަކަށް ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންފާ މައްސަލައެއް ޖުލައި މަހުގެ 29 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާނެކަމަށެވެ.
މި ކުއްޖާއަކީ އެ ފަރާތުގެ އާއިލާ ކުއްޖެއްކަން ޓްވީޓްތަކުން ހާމަވާއިރު، މި ކުޑަކުއްޖާއަށް ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ތިން އަހަރު ވެފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
My experience with @policemv regarding the child abuse case of my family member. I am forced to go public with it due to the nature of the police investigation @m_hameedh @shimranab @shidhatha 1/
— Naai? (@nayyyifa) August 20, 2019
މި މައްސަލަ ރިޕޯޓުކުރިތާ އަނެއްދުވަހު އެ ފަރާުގެ ބަޔާން ދީފައިވާއިރު، އޭގެ އަނެއްދުވަހު ކުޑަކުއްޖާގެ ބަޔާންވެސް ދީފައިވާކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އަދި މައްސަލަ ތަހުގީގު ކުރަން އޭގެ އަނެއްދުވަހު އޮފިސަރެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.
ނަމަވެސް އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ބުނެ 119 އިން އޭނާއަށް މެސެޖެއް ލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިކަމާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެކަމުގެ ޝަކުވާ ކުރަން ދިއުމުން އޮޅުމެއްކަމަށް އެ ޑިޕްޓްމެންޓްއިން ބުނިކަމަށް އޭނާ މައުލީމާތުދެއެވެ. ބުދަ ދުވަހު އެ މައްސަލަ ތަހުގީގުކުރަން އޮފިސަރެއް ހަމަޖައްސާފައިވާކަމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިން ބުނިކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށައެޅިތާ މިހާރު 21 ދުވަސް ވެފައިވާއިރު، ފުލުހުންގެ ފަރާތުން މިހާތަނަށް މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ފާހަގަކޮށް ކޮންބޮޑުވުން ފާޅުކޮށް އެ ފަރާތުން ޓްވީޓްތައް ކޮށްފައިވެއެވެ.
އަދި މި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ދޮންބައްޕަ އަދިވެސް މިނިވަންކަންމަތީ އުޅެމުންދާއިރު، އޭނަގެ ފަރާތުން އެމީހުންނަށް އިންޒާރުތައް ލިބެމުންދާކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.