މަލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ކުނިކޮތަޅަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.
މި އަންހެންމީހާ ގައިގާ ކުނިކޮތަޅު ޖެހިފައިވަނީ، ހ.ރޯޝަނީ މަގުގައި ހުންނަ ކިލޯގްރާމް ފިހާރަ ހުންނަ އިމާރާތުގެ މަތިން ވަލެއް ޖަހައިފައި ކުނިކޮތަޅެއް އިމާރާތުގެ ތިރިއަށް ބާލަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ، އުމުރުން 25 އަހަރުގެ އަންހެނެއްކަމަށާއި، ވެއްޓުނު ކުނިކޮތަޅު އައިސް ޖެހުނީ އެމީހާގެ ބޯމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަދިސާ ހިނގައިފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.