ރައުޝާން މަރުވި މައްސަލައިގައި ދައުވާކުރަނީ

މާލޭ ސަންފްރޮންޓް ލައިޓްޝޮޕް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ރައުޝާން ޖިއާންގެ މައްސަލައިގައި ދައުވާކޮށް ދިނުމަށް ފުލުހުން ޕީޖީގައި އެދިއްޖެ އެވެ.

ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އެކްޓިން ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، އެ މައްސަލައިގެ ތަހްޤީގު ނިންމައި، މީގެ ދެ ހަފްތާ ކުރިން، އެމައްސަލައިގައި ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާކަމަށެވެ.

ބަންގްލަދޭޝަށް އުފަން 9 އަހަރުގެ ރައުޝާން ނިޔާވެފައިވަނީ، ސިމެންތި ބަސްތާވެއްޓި ހަށިގަނޑަށް ލިބުނު އަނިޔާތަކަށް އައިޖީއެމްޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރައުޝާން ޖިއާން ނިޔާވީ، އޭނާގެ އާއިލާއާއެކު ޗޫއްޓީހޭދަކޮށްލުމަށް އައި ދަތުރުގައެވެ.

މި ހާދިސާގައި އެ އާއިލާއިންވަނީ ރައުޝާންއަށް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ނިއްމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ