ސަރުކާރުގެ މައި އޮފީސް އިމާރާތް، ވެލާނާގެ - ފެށުން ފޮޓޯ: ވިސާމް

އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ޓޫރިޒަމް މިނިސްޓްރީ އަށް ޕަރމަނަންޓް ސެކްރެޓަރީން ހޯދަނީ

އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް މިއަދު އިޢުލާނުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ޓޫރިޒަމް މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލާފައިވާކަމަށެވެ. އަދި ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ދަށުން، މި މަޤާމަށް ހޮވޭ ފަރާތް، މަޤާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާއާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު  www.csc.gov.mv ގައިވަނީ ޝާއިރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ