ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް

ސަޕްލިމަންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ދައުލަތުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަޕްލިމަންޓްރީ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، ބަޖެޓްގެ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ބަޖެޓްގެ ތަފްސީލް ދެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ނޫނީ މާދަމާ އޮނަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަމީރުކަމަށެވެ.

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ މިވީ އަށްމަސް ދުވަހުގެ ތެރޭގައި 1.9 ބިލޔަން ރުފިޔާވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ