އެމެރިކާއާއެކު ރާއްޖެއިން ދެ އެއްބަސްވުމެއްގައި ސޮއިކުރަނީ

ދިވެހި ރާއްޖެއިން އެމެރިކާއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވަން ނިއްމައިފާވާކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިންގ މިނިސްޓްރީން ވިދާޅުވީ، މި ދެ އެއްބަސްވުމެއްގައި ސޮއިކުރައްވަން ހަމަޖެހިފައވަނީ، ދިވެހިރާއްޖޭއްގެ ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.

މިނިސްޓަރު، އެމެރިކާއަށް ކުރައްވާ މިރަސްމީ ދަތުރުފުޅުގައި މިހާރު ފުރާވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި އެމެރިކާއާއެކު ސޮއި ކުރައްވަން ހަމަޖެހިފައިވާ ދެ އެއްބަސްވުމަކީ، "މެމޮރެންޑަމް އޮފް އެގްރީމެންޓް އޮން ކޯޕަރޭޝަން އޮން އޭވިއޭޝަން ސެކިއުރިޓީ" އާއި "ޑެވެލޮޕްމެންޓް ގްރޭންޓް ވިތް ޔޫއެސް އެއިޑް" އެވެ.

މި ދަތުރުފުޅުގައި، އެމެރިކާގެ ހާރިޖީ ވަޒީރު ޕޮމްޕެއޯގެ އިތުރަށް އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި، އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓެޓިވް އޮފީހާއި، ޔޫއެސް އެއިޑް އަދި އޯވަސީ ޕްރައިވެޓް އިންވެސްޓްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ އިސްވެރިންނާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ