ކަސޯޓީ ޒިންދަގީގެ އަނޫރާގާއި ޕްރޭނާ ރާއްޖޭގައި

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަޤުބޫލު ޑްރާމާ ސިލްސިލާ "ކަސޯޓީ: ޒިންދަގީ ކޭ" ގައި އަނޫރާގާއި ޕްރޭނާގެ ރޯލް ކުޅޭ އެރިކާ ފެނަންޑޭޒާއީ ޕާތު ސަމްތާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މި ސިލްސިލާގައި އަނޫރާގުގެ ރޯލުން ފެނިގެންދާ ޕާތު އަދި ޕްރޭނާގެ ރޯލު ކުޅެދީފައިވާ އެރިކާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.

މި ދެތަރިން މިވަގުތު ރާއްޖޭގެ ކްލަބް މެޑް ކަނި ރިސޯޓުގައި ޗުއްޓީހޭދަކުރަމުން އަންނައިރު، ބޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން މި ދެ ތަރިން ރާއްޖެ އައިސްފައިމިވަނީ ޝޫޓިންއަކަށެވެ.

އަނޫރާގުގެ ރޯލުން ފެންނަ ޕާތު އޭނަގެ އިންސްޓަގްރާމްގައި މި ދަތުރުގެ ފޮޓޯތައް ހިއްސާކޮށްފައިވާއިރު، ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ފޮޓޯތަކުން ފެނިގެންދެއެވެ. އަދި ގިނަ ދިވެހިންގެ ސަމާލުކަންވެސް މި ފޮޓޯތަކަށް ވަނީ އަމާޒުވެގެންގޮސްފައެވެ.

ޕާތު އަދި އެރިކާ ގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދިފައިވާކަމުގެ ހަބަރުތަކެއްވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި، މި ދެ ތަރިން ރާއްޖޭގައި މަޖާކޮށް ވަގުތުތައް ހޭދަކުރަމުންދާ ފޮޓޯތައް މިހާރުވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ.

ކަސޯޓީ ޒިންދަގީ އަކީ މީގެ އަހަރުތަކެއް ކުރިން ހަމަ އެ ނަމުގައި ގެނެސްދީފައިވާ ހިންދީ ޑްރާމާ ސީރީޒްގެ އާ ވާޝަންއެކެވެ. މި ސީރީޒް ދައްކަން ފަށާފައިވަނީ މި ދިޔަ އަހަރުގެ ފަހުކޮޅުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ