ފަނޑިޔާރުކަމަށް އަންހެނަކު އައްޔަނުކުރުމީ ހުއްދަކަމެއް ނޫން - އަދާލަތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަނުކުރުމީ ހުއްދަކަމެއް ނޫން ކަމަށް އަދާލަތު ޕާޓީއިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އިން މިހެން ވިދާޅުވެފައި މިވަނީ ދާދި ދެންމެ އެ ޕާޓީ އިން ނެރުނު ނޫސް ބަޔާނެއްގައެވެ.

އަދާލަތު އިިން އެ ނޫސް ބަޔާނުގައި ބުނެފައިވަނީ، ޤައުމެއްގެ ފަނޑިޔާރުކަމަށް ނުވަތަ ޤާޟީކަމަށް އަންހެނަކު އައްޔަނު ކުރުމަކީ އިސްލާމީ އުންމަތުގެ ދަންނަބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެ އިޚްތިލާފް އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އަދި މިމައްސަލަ ދިރާސާކޮށް އަދި މިވަގުތު ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުން މިކަމުގައި އާއްމު ކޮށްފައިވާ ރަސްމީ އަދި އިލްމީ ބަހުސްތަކާއި ފަތުވާތަކަށް ބަލާއިރު އަންހެނަކު ފަނޑިޔާރު ކަމަށް އިސްކުރުމާއިމެދު އިލްމުވެރިންގެ ތިން ރައުޔެއް އައިސްފައިވާ ކަމަށެވެ. އެއީ:

  • ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނަކު އައްޔަނުކުރުމަކީ މުތުލަޤުކޮށް ހުއްދަކަމެއް ނޫން ކަމުގެ ރައުޔު.

މިއީ އިސްލާމީ އުންމަތުގެ ގިނަ ދަންނަބޭކަލުން (ޖުމްހޫރު އިލްމުވެރިން)ގެ ރައުޔެވެ. އެގޮތުން މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި ޙަނަފީ މަޛްހަބުގެ އިމާމް ޒުފަރުގެ ރައުޔެވެ. މި ބޭކަލުންނ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނަކު ފަނޑިޔާރުކަމުގެ މަޤާމަށް ގެނައުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެފަދައިން ޢައްޔަން ކުރާމީހާއާއި ކުރެވޭ މީހާ ފާފަވެރިވާ ހުއްޓެވެ. އަދި އެފަދައިން ކުރެވޭ ޢައްޔަނަކީ ބާތިލު ޢައްޔަނެކެވެ. އަދި އެފަދައިން ޢައްޔަނުކުރެވޭ ފަނޑިޔާރަކު ކުރައްވާ ޙުކުމަކީވެސް ބާތިލު ޙުކުމެކެވެ.

  • ޙައްދާއި ޤިޞާޞްގެ މައްސަލަފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމުގެ ރައުޔު

މި ރައުޔު ވާރިދުވެފައިވަނީ ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ ތެރެއިން އަލްއިމާމު ޒުފަރުފިޔަވާ ދެންތިއްބެވި ޢިލްމުވެރިންނާއި މާލިކީ މަޛުހަބުގެ ބައެއް ޢިލްމުވެރިންގެ ފަރާތުންނެވެ. އަދި މިއީ އިމާމް އަބޫ ޙަނީފާގެ ރަޢުޔުކަމުގައި އަލްއިމާމް އަބުލް ހަސަން އަލް މާވަރުދީއާއި އިމާމް އިބްނު ޙަޖަރު އަލް ޢަސްޤަލާނީއާއި އިމާމް އިބްނު ޤުދާމާގެ ފަރާތުން ވާރިދުވެފައިވެއެވެ.

  • ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނަކު އައްޔަނުކުރުމަކީ މުތުލަޤުކޮށް ހުއްދަކަމެއް ކަމުގެ ރައުޔު

އެއްވެސް ޤައިދެއް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތެކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށް ވާރިދުވެފައިވަނީ ކުރީގެ ޢިލްމުވެރިން (މުޖްތަހިދް މުތްލަޤް ޢިލްމުވެރިން) ކުރެ ވަރަށް މަދު އިލްމުވެރިންތަކެއްގެ އަރިހުންނެވެ. އެގޮތުން އިމާމް އިބްނު ޙަޒްމުގެ އަރިހުން މި ރައުޔު ވާރިދުވެފައިވެއެވެ. އަދި މިއީ އަލް އިމާމު އައްޡަބަރީގެ ރައުޔު ކަމުގައި އިމާމް އަބުލް ޙަސަން އަލް މާވަރުދީއާއި އިމާމް އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީ އިން ވިދާޅުވީ، އިސްވެ ބަޔާންކުރެވުނު ރައުޔުތަކަށް ބަލައި އަދި މި ރައުޔުތަކާ ގުޅިގެން އިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކަށް ރިޢާޔަތްކޮށް ބަލާއިރު ރާޖިޙު (ބުރަވާ) ރައުޔަކީ މި ތިން ރައުޔުގެ ތެރެއިން ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނަކު އައްޔަނުކުރުމަކީ މުތުލަޤުކޮށް ހުއްދަކަމެއް ނޫން ކަމުގެ ރައުޔު ކަމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބެޑްޝީޓް

    ސިދާތާއައް ހުންނާނީ ރާކަނިމަސް ކެވިފަ

    3
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ