އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓް ޗެއިން މެކްޑޮނަލްޑް އިން އިންޑިއާގައި ފޯރުކޮށްދޭ ކާއެއްޗެހީގެ ބާވަތްތަކަކީ ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ކަމަށް ބުނުމުން އެ ރެސްޓޯރެންޓް ޗެއިން ބަންދުކުރުމަށް އިންޑިއާގެ ގިނަ ބަޔަކު ގޮވާލަމުން އެބަދެއެވެ.
ހިންދީންގެ ބޮޑު މެޖޯރިޓީއެއް އޮންނަ އިންޑިއާގައި މެކްޑޮނަލްޑްގެ ރެސްޓޯރެންޓުތައް ބަންދު ކުރުމަށް ގޮވާލައި ގިނަ ބަޔަކު ވާހަކަދައްކަން ފަށައިފައި މިވަނީ ޓުވިޓަރގައި ކަސްޓަމަރެއްގެ ސުވާލަކަށް މެކްޑޮނަލްޑް އިންޑިއާއިން ދިން ޖަވާބަކާއި ގުޅިގެނެނެވެ.
އިންޑިއާގައި ހުންނަ މެކްޑޮނަލްޑުގެ ރެސްޓޯރެންޓް ތަކަކީ ހަލާލް ސެޓްފައިޑް ރެސްޓޯރެންޓް ތަކެއްތޯ ކަސްޓަމަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން މެކްޑޮނަލްޑް އިންޑިއާއިން ބުނެފައިވަނީ، އިންޑިއާގައި ހުންނަ މެކްޑޮނަލްޑްގެ ހުރިހާ ރެސްޓޯރެންޓް ތަކަކީ ހަލާލް ސެޓްފައިޑް ރެސްޓޯރެންޓް ތަކެއް ކަމަށެވެ.
މެކްޑޮނަލްޑްގެ މި ޖަވާބުން ގިނަ ބަޔަކު ރުޅިގަދަވެފައިވާއިރު، މެކްޑޮނަލްޑްގެ ޔޫއެސް ޗެއިން ބޮއިކޮޓް ކުރުމަށް ގިނަބަޔަކުދަނީ ޓްވީޓާގައި ބުނަމުންނެވެ
All our restaurants have HALAL certificates. You can ask the respective restaurant Managers to show you the certificate for your satisfaction and confirmation. (2/2)
— McDonald's India (@mcdonaldsindia) August 22, 2019
އިންޑިއާގެ ގިނަ ރައްޔިތުންތަކެއް މިކަމާއިމެދު ނުރުހުން ފާޅުކުރަމުންދާއިރު، އިންޑިއާގައި ދިރިއުޅޭ 80 އިންސައްތަ ރައްޔިތުންނަކީ ހިންދޫން ކަމުގައިވާއިރު މެކްޑޮނަލްޑްއިން ހަލާލް މަސް ފޯރުކޮށްދެނީ ކީއްވެގެންތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މެކްޑޮނަލްޑްއިން އިންޑިއާއަށް ހާއްސަކޮށްފައިވާ ރެސްޓޯރެންޓް މެނޫގައި އޫރު މަސް އަދި ގެރިމަސް ނުހިމެނެއެވެ. އެމީހުންގެ މެނޫގައި ކަނޑުމަހާއި ކުކުޅުގެ އިތުރުން ހިމެނެނީ ވެޖިޓޭރިއންސް ކާބޯތަކެއްޗެވެ.




