މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ހަވީރު ކަރަންޓް ކެނޑިއްޖެއެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ކަރަންޓުގެ މައްސަލައުޅޭކަން ސްޓެލްކޯއިންވެސްވަނީ ޔަޤީންކޮށްދީފައެވެ. އަދި އެކަން ޙައްލުކުރުމަށް ހަލުވިކަމާއެކު މަސައްކަތް ކުރެވެމުންދާކަމަށްވެސް އެފަރާތުންވަނީ ވިދާޅުވެފައެވެ.
https://twitter.com/STELCOMALDIVES/status/1166337039668633600?s=20
އޭގެ މާގިނައިރުތަކެއްނުވެ، ސްޓެލްކޯއިންވަނީ މާލޭގެ ބައެއް ސަރަޙައްދުތަކަށް ދިމާވި ކަރަންޓްގެ މައްސަލަ ޙައްލުކޮށް އަލުން ކަރަންޓު ދީފައެވެ. މިފަދަ ޙާލަތްތަކުގައި ދިމާވާ ދަތިތަކަށް ސްޓެލްކޯއިންވަނީ ރައްޔިތުންގެ ފަރާތުން މަޢާފަށްއެދިފައެވެ.
https://twitter.com/STELCOMALDIVES/status/1166344716503277568?s=20



