ކަރީނާގެ ފުރަތަމަ ކްރަޝްއަކީ ރާހުލް ރޯއީ!

ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންގެ ތެރޭގައި ހިމެނޭ އެންމެ ނުފޫޒުގަދަ އެކަކަށް މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ވާނެއެވެ. ކަރީނާ ކަޕޫރުގެ ފޭނުން ދިވެހިންގެ ތެރޭގައިވެސް އުޅޭއިރު މި އެކްޓްރެސް މިވަނީ ދާދިފަހަކުން މީގެ ކުރިން އޭނާ ހާމަނުކުރާ ވާހަކައެއް ހިއްސާކޮށްފައެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ޑާންސް އިންޑިއާ ޑާންސް" ގައި މިހާރު ޖަޖުކަން ކުރަމުންދާ ކަރީނާ، އޭނަގެ އެންމެ ފުރަތަމަ ބޮލީވުޑްގެ ކްރަޝްއަކީ ކޮބައިކަން މިވަނީ ހާމަކޮށްފިއެވެ. އެގޮތުން ކަރީނާ ބުނެފައިވަނީ އޭނަގެ ބޮލީވުޑް ކްރަޝްއަކީ ނަވާރަސަތޭކައިގެ އަހަރުތަކުގައި ފެނިގެންދިޔަ ކުޅަދާނަ އެކްޓަރު "ރާހުލް ރޯއީ" ކަމަށެވެ.

ރާހުލް ރޯއީއަކީ 1990 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް އާޝިގީ ގެ ލީޑު އެކްޓަރެވެ.

ބޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން، ޑާންސް އިންޑިއާ ޑާންސްގެ ޝޯގެ ސެޓްގައި ކަރީނާގެ ފުރަތަމަ ކްރަޝް އަކީ ކޮބައިތޯ އެ ޝޯގެ ހޯސްޓް "ކަރަން" ކަރީނާގާތު އެހުމުން ލަދުން ހުރެ ދިން ޖަވާބަކީ ރާހުލް ރޯއީ ކަމަށެވެ.

ކަރީނާ ގެ ފުރަތަމަ ބޮލީވުޑް ކްރަޝްއަކީ ކޮބައިކަން ހާމަކޮށްފައިވާއިރު، ރާހުލްގެ ކާމިޔާބު ފިލްމް އާޝިގީ 8 ފަހަރު ބެލިކަމަށް ބުނެފައިވާކަމަށްވެސް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

ކަރީނާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ލިބުނު ފިލްމް "ވީރެ ދި ވެޑިން" އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ