ރ.އަނގޮޅިތީމު ބަނދަރު ސާރވޭކޮށް ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
25 ދުވަހުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މައިގަނޑު މަސައްކަތެއްގެ ގޮތުގައި ރ.އަނގޮޅިތީމު ބަނދަރު ސާރވޭ ކުރުމަށާއި، ޑިޒައިން ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 305505.10ރ (ތިންލައްކަ ފަސްހާސް ފަސްސަތޭކަ ފަސްރުފިޔާ ދިހަ ލާރި) އަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުްނފުނީގެ ސީއީއޯ ޙަސަން ޝާޙްއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެއެވެ. މި އެއްބަސްވުމުގެ އިތުރުން އިއްޔެ ވަނީ ދެރަށެއްގެ ބަނދަރުގެ މަޝްރޫއުއާއި ދެރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ސަރުކާރުން ސޮއިކޮށްފައެެވެ.



