ޕްރޮގްރެސިވް ކޯލިޝަނުން ނޮޅިވަރަންފަރުގައި - ފޮޓޯ: ރައީސް އޮފީސް

ނިޔާވި މީހުންގެ އާއިލާތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ކިޔައިފި

ލޯންޗެއް ބަންޑުންޖަހާލައި ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ކިޔައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ، މިއަދު މެންދުރުފަހު ހިނގި މި ހިތާމަވެރި ޙާދިސާގައި ނޮޅިވަރަންފަރަށް ނިސްބަތްވާ 5 ބޭފުޅަކި ނިޔާވި އަޑުއެހީ ފުންހިތާމައާ އެކުގައި ކަމަށެވެ.

"ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރޝިޕާއި ހުރިހާ މެންބަރުންގެ ފަރާތުން މިޙާދިސާގައި ޢާއިލާތަކަށް ލިބުނު ހިތާމައިގައި ބައިވެރިވެ، އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ އަރިސްކުރަން." ޕީޕީއެމްގެ ތަޢުޒިޔާގައި ބުނެފައިވެއެވެ.

މި ޙާދިސާގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތަރު ބޭފުޅަކާއި ތުއްތު ކުއްޖަކު ނިޔާވިކަން އެއީ ބަރުދާސްތުކުރަން ދަތި ވަރަށް ބޮޑު ހިތާމައެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވިއެވެ.

"މިފަނޑިވަޅުގައި ނިޔާވި ނިޔާވި ފަރާތްތަކުގެ ޢާއިލާޔތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން. މާތް މަރުހޫމުންގެ ފާފަ ފުއްސަވައި ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި!" ޕްރޮގްރެސިވް ކޯލިޝަނުގެ ތަޢުޒިޔާގައި ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިތުރަށް ވިދާޅުވީ، މިއީ ޤައުމީ ހިތާމައިގެ ވަގުތެއްކަން ފާހަގަކުރައްވާ ކަމަށާއި، ނޮޅިވަރަންފަރުގެ ހުރިހާ ރައްޔިތުންނާއެކު މިހިތާމައިގައި ބައިވެރިވާ ކަމަށެވެ.

މިއަދު މެންދުރު ހދ.ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ތިން އަންހެނުންނާއި، ފިރިހެނެއްގެ އިތުރުން ނިޔާވެފައިވަނީ ކުޑަކުއްޖެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ