އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ - ފޮޓޯ: އެޑިޔުކޭޝަން

ތިން ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ އިމާރާތްތައް އަހަރެއްގެ ތެރޭގައި ނިންމަން ހަވާލުކޮށްފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުން ހިންގަމުން އަންނަ ތިން ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ 40 ކްލާސްރޫމް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

25.9 މިލިއަން ރުފިޔާގެ މި އިމާރާތްތައް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހދ. ވައިކަރަދޫގައި ހުންނަ އެއަތޮޅު އަތޮޅު މަދުރަސާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމްގެ ތިންބުރީގެ އިމާރާތުގެ މަސައްކަތް، 7.7 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ކިއު.ވަން މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމް ސޮއި ކުރެއްވިއިރު، "ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ އަފްސަލް ސައީދެވެ.

ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: އެޑިޔުކޭޝަން

އއ.ތޮއްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމްގެ ތިންބުރީގެ އިމާރާތުގެ މަސައްކަތް، 7.3 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމް ސޮއި ކުރެއްވިއިރު، އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އޮފިސަރ މެނޭޖަރ ފާތިމަތު ލައިސާ ލަތީފް އަފްސަލް ސައީދެވެ.

އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: އެޑިޔުކޭޝަން

އ.ދ މަހިބަދޫގައި ހުންނަ އެއަތޮޅު އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 16 ކްލާސްރޫމްގެ ހަތަރުބުރީގެ އިމާރާތުގެ މަސައްކަތް، 10.9 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމް ސޮއި ކުރެއްވިއިރު، ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: އެޑިޔުކޭޝަން

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހިމް ވިދާޅުވީ، މި ތިން މަޝްރޫއު ނިންމާލުމާއެކު އެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ